Earth Hour Global
ސްކޫލް

ސްކޫލް ލޯގޯ

ސްކޫލް ކޯރޑް ނަމްބަރ: GS71

ސްކޫލް: ހުޅުވުނު ތާރީޚް: 15 އޮގަސްޓް 1950

ސްކޫލް މޮޓޯ: ހުނަރުވެރިވާށެވެ. ހުނަރުވެރިކުރުވާށެވެ. Be Active Make Active

މަގޫދޫ ސްކޫލްގެ ވިޝަން

            މަގޫދޫ ސްކޫލް ދެކެން ބޭނުންވަނީ ،މިސްކޫލްގެ ދަރިވަރުންނަކީ އިސްލާމްދީނާއި، އަޅުގަނޑުމެންގެ ދިވެހި ޤައުމާއި، މި މުޖުތަމަޢުދެކެ ލޯބިވާ، އިޙްތިރާމް ކުރާ އަދި ހިއްވަރާއި، ހިތްމަތާއި އެކު ކުރިއަށް ދިޔުމަށް މަސައްކަތް ކުރާ އަދި ސްކޫލާއި މުޖުތަމަޢުގައި ވެސް ފުރިހަމައަށް ބައިވެރިވާ ޒިންމާދާރު ދަރިވަރުން ތަކެއް އުފެދުމެވެ.

VISION

Our Vision at Magoodhoo School is to instill in the pupils love and respect for Islam, community and nation, and desire to achieve their fullest potential, so that they can make their best contribution to the school, society as responsible citizens.

މަގޫދޫ ސްކޫލްގެ މިޝަން

            މަގޫދޫ ސްކޫލްގެ މިޝަންއަކީ މިސްކޫލުން ތަޢުލީމް ޙަސީލްކުރާ ދަރިވަރުންނަކީ ހުރިހާ ގޮތަކުންވެސް  ކާމިޔާބު ހޯދާ މޮޅު ދަރިވަރުން ތަކަކަށް ހެދުމަށްޓަކައި އުފާވެރި، އަޅާލާ، ރަހުމަތްތެރި މާހައުލެއް ޤާއިމްކޮށް އެދަރިވަރުންނަށް ފިކުރީގޮތުންނާއި، ޖިސްމަނީގޮތުންނާއި، ޢިޖުތިމާޢީގޮތުންނާއި، އަދި އަދަބު އަޚްލާޤީގޮތުން ރަނގަޅު ދަރިވަރުންތަކަކަށް ހެދުމަށް ތައުލީމު އުގަންނައި ދިނުމެވެ.

MISSION STATEMENT

Our mission at MagoodhooSchool is to provide academic programmes that support to improve all of our students’ intellectual, physical, social, and moral experiences through happy, caring, friendly and supportive environment that fosters student success and satisfaction with the educational experience.

ސްކޫލުގެ މާޒީގެ ތެރެއިން:

            މިސްކޫލަކީ 15 އޮގަސްޓް 1950 ގައި ރަޖިސްޓްރީކޮށް، ހިންގަންފެށިފައިވާ ސްކޫލެކެވެ. ސްކޫލު ހިންގުމަށް ތަފާތު ނަންނަމުގައި ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. މިގޮތުން ފުރަތަމަ ސްކޫލް ރަޖިސްޓްރީކޮށް ހިންގިފައިވަނީ މަކްތަބުލް މިޞްބާޙްގެ  ނަމުގައެވެ. 8 ޖުލައި 1980 އިން ފެށިގެން މަގޫދޫ ޕްރައިމަރީ ސްކޫލުގެ ނަމުގައި ހިންގިފައިވެއެވެ. އެއަށްފަހު، 20 ޖުލައި 1981 ގައި ފ. އަތޮޅު މަދަރުސާގެ ގޮތުގައި ހަމަޖެހި ކުރިއަށް ދިޔައެވެ. އެންމެ ފަހުން، 27 މާރޗް 1982 ގައި މިހާރުގެ ނަން މަގޫދޫ ސްކޫލުކަމުގައި ހަމަޖެހުނެވެ. މާތް ﷲ ގެ އިރާދަފުޅުން، 1 ޖެނުއަރީ 2004 އިން ފެށިގެން ވަނީ ސަރުކާރު ސްކޫލަކަށް ބަދަލުވެ، 2005 ވަނަ އަހަރު އަމިއްލަ ރަށުގައި ތިބެގެން އޯލެވެލް ހެދުމުގެ ނަޞީބު ލިބިފައެވެ. މަގޫދު ސްކޫލް ސަރުކާރު ސްކޫލަކަށް ބަދަލުވުމުގެ ކުރިން ސްކޫލް ހިންގާފައިވަނީ ސަރުކާރުގެ ދީލަތި އެހީއާއކު މަގޫދޫގެ ރައްޔިތުން ސްކޫލަށް ވަރަށްބޮޑެތި ޚަރަދުތަކެއް ކުރައްވައިގެންނެވެ. އެގޮތުން މަގޫދޫ ރކ. ކޮމެޓީން ޚަރަދުކރައްވައިގެން ބޭރުން ބިދޭސީ ޓީޗަރުން ގެނެސްގެން ސްކޫލްގައި 8 އަހަރުދުވަހު ކިޔަވައިދެއްވާފައި ވެއެވެ. އަދި މަގޫދޫ ސްކޫލްގައި ރައްޔިތުން އަމިއްލަގޮތުން ސެކެންޑްރީ އުފައްދައިގެން 2002ވަނަ އަހަރު ކޮމާސް ޓްރީމަށް ކިޔވައިދޭން ފެއްޓުނެވެ.

ސްކޫލުގައި އުފެދިގައިވާ ކުލަބު ޖަމްޢިއްޔާތައް:

1- ސްކޫލްބޯޑް

2- ޕީ.ޓީ.އޭ

3. ދަރިވަރުންގެ ޖަމްޢިއްޔާ ” އައްޑަނަ “

      ހ. އިންގްލިޝް ކުލަބު

      ށ. ދިވެހި ކުލަބު

      ނ. އެންވަޔަރމެންޓް ކުލަބު

      ރ. ސްޕޯރޓްސް ކުލަބު

      ބ. އާރޓް ކުލަބު

      ޅ. އިސްލާމް ކުލަބު

4- ސްކައުޓް ( ފިފްތް ފާފު އެޓޯލް )

5- ގާލްގައިޑް ( ސެކެންޑް ފާފު އެޓޯލް )

6- ޕްރިފެކްޓްބޯޑް

ސްކޫލްގައި ޤާއިމްކުރެވިފައިވާ ވަޞީލަތްތައް:

1- ކޮމްޕިއުޓަރ ލެބް ( ބްރޯޑްބޭންޑް އިންޓަރނެޓާއެކު)

2- ލައިބުރަރީ    ( ލައިބުރަރީ ޤާއިމްކޮށްފައިވަނީ ފ. މަގޫދޫ ރކ. ކޮމެޓީ %100 ހިއްސާވެގެންނެވެ.)

3- މަލްޓިމީޑިޔާ ސެންޓަރ ( ސްމާރޓްބޯޑް ބެހެއްޓިފައި ) ( މަލްޑިމީޑިޔާ ސެންޓަރ ޤާއިމްކޮށްފައިވަނީ ފ. މަގޫދޫ ރކ. ކޮމެޓީ %100 ހިއްސާވެގެންނެވެ.)

 

ޚިޔާލު
    ހޯދާ..