Earth Hour Global
ފ.މަގޫދޫ މެޖިސްޓްރޭޓް ކޯރޓްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކޯޓް ޢިމާރާތެއް އެޅުމަށް ދަންމާނު އިންވެސްޓްމަންޓާއި ޙަވާލުކޮށްފި.

SAM_2236ފ.މަގޫދޫ މެޖިސްޓްރޭޓް ކޯރޓްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި. 42×36 ފޫޓްގެ އިމާރާތެއް އެޅުމަށް ފ.މަގޫދޫ ދަންމާނު އިންވެސްޓް މަންޓާއި،1496540.80(ސާދަލައްކަ ނުވަދިހަހާސް ފަސްސަތޭކަ ސާޅީސްރުފިޔާ އައްޑިހަލާރި/އަށް 138 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ޙަވާލުކޮށްފިއެވެ. މަސައްކަތް ޙަވާލުކުރުމަށް މި އަދު ފ.މަގޫދޫ މެޖިސްޓްރޭޓް ކޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފ. ޖުޑިޝަރީދާއިރާގެ އިސްމެޖސްޓްރޭޓް އަލްއުސްތާޒު ޢަބުދުއްލަތީފް ޙަމީދުވިދާލުވީ މަގޫދޫ މެޖިސްޓްރޭޓް ކޯރޓްގެ އާ އިމާރާތް ނިމުމުން މިހާރު ދިމާވެފައިވާ މައްސަލަ އެކީގައި ހައްލުވެގެންދާނޭކަމުގައެވެ. އަދި މަސައްކަތް ޙަވާލުވިފަރާތުން މަސައްކަތުގެ އެގްރިމެންޓްގައިވާ މުއްތަށާއި، އެންމެހައި ކްނަތައްތަކަށް ހުރުމަތް ތެރިކޮށް ހިތުމަށް އެދިވަޑައިގަތެވެ.

ދަންމާނު އިންވެސްޓްގެ މެނޭޖިން ޑައިރެކްޓަރ އަލްފާޟިލް ޢަލީ ސިރާޖް ވިދާޅުވީ  މީއަމިއްލަ ރަށުގައި ކުރާ މަސައްކަތަށްވާތީ މިމަސައްކަތް ކަޑައެޅިފައިވާ މުއްދަތަށް ނިންމާލެވޭނެކަމުގައެވެ.

ކުޅިވަރު
ޚިޔާލު
    ހޯދާ..