ފ.މަގޫދޫ ރަށްޔިތުންގެ އިންޖީނުއަކީ މަގޫދޫރަށްޔިތުންގެ 100% ހިއްސާ ރަށްޔިތުންގެ ރަށްޔިތުންގެ އަމިއްލަ މިލްކިއްޔާތެކެވެ. ރަށްޔިތުންގެ ބުރަމަސައްކަތާއި އެކު 1984 ވަނަ އަހަރު 3 ކިލޯވޮޓް ޖަނަރޭޓަރކުންފެއްޓި ކަރަންޓް މިހާރުވަނީ 160،112،80،50 ކިލޯވޮޓްގެ ޖެންސެޓްތަކެއްބަހައްޓާ ޖަމާނީ ޓެކޮނޮލެޖީގެ އެހީގައި ސިންކްރަނައިސްކޮށް އިންޓަރ ނެޓްމެދުވެރިކޮށް ޖަނަރޭޓަރ ކޮންޓްރޯލް ކުރެވޭނެ މެކޭނިޒަމެއްވެސް ޤާއިމްކޮށްފައެވެ. ޖަމާނާއެއްގޮތަށް ތަރަށްޤީކުރެވިފައި ވާ އައު އިންޖީނުގެއެއްގައި ރަށްޔިތުންނަށް ކަރަންޓް ޚިދުމަތް ދެމުންގެންދާއިރު ވޭތުވެ ދިޔަ 14 އަހަރުގެ ތެރޭގައި މަގޫދޫން ކަރަންޓްކެޑު ކަނު އަދިރީގައި ތިބެން ޖެހިފައި ނުވެއެވެ. ރަށުގައި އިރުގެ ހަކަތަބޭނުންކޮށްގެ 30 ކިލޯވޮޓްގެ ސޯލާ ކަރަންޓް ޚިދުމަތް ދޭން ފައްޓާފައެވެ.
ނަމަވެސް މަގޫދޫ ކައުންސިލުން ފެނަކޯޕަރޭޝަނަށް އިންޖީނުގެ ދިނުމަށް ނިންމީ ތެލުގެ އަގު އެއްދުވަހުން އަނެއްދުވަހަށްބޮޑުވަމުންދާތީ ރަށްޔިތުންނަށް ލުއިއަގެއްގައި ކަރަންޓް ދެވިދާނެކަމަށް ނުފެއްނާތީ އާއި އަދި ފެނަކަ ކޯޕަރޭޝަނަށް ދިނުމުން ރަށްޔިތުންގެ ޖީބަށް ވަރަށްބޮޑު ލުއެއްލިބޭނެކަމަށް މިކައުންސިލުންދެކެމެވެ.